މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

އދ. މަންދޫ ޖެޓީ ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. 

މިރިޕޯޓް ތައްޔާރުކޮށްދިނުމަށް އެދި ކުރިން ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ކެންސަލްކޮށްފައިވާ ވާހަކަ ދެންނެވީމެވެ. އަދި އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް 21 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިމިނިސްޓްރީން މަޢުލޫމާތު ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

ބިޑް ހުށަހެޅުމަށް 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004117  ފެކްސް:3004301

އީ-މެއިލް: [email protected]

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ