ދިވެހިރާއްޖެ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ފަރާތުން ކުރަންޖެހޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިޔުމަން ރިސޯސް އާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ހިޔުމަން ރިސޯސް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަދި މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، 30 އޮގަސްޓް 2022ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް މަޢުލޫމާތު ސާފުކުރެއްވުމަށް ފޮނުވުން އެދެމެވެ. އަދި ހުށަހަޅުއްވާ ސުވާލުތަކުގެ ޖަވާބުތައް 1 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވޭނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 4 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ވަޑައިގެން ޓީ.އޯ.އާރގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.
ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ފިނޭންސް
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]