ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ޤުރްއާން މުބާރާތުގައި، ހދ. ފިނޭ ތަމްސީލުކުރާ ޓީމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންގެ ނަން ނޯޓް ކުރުމާ ގުޅޭ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ އޮކްޓޯބަރ 6 އިން 8 އަށް ބާއްވާ ހދ.އަތޮޅު ޤުރުއާން މުބާރާތުގައި، ހދ. ފިނޭ ތަމްސީލުކުރާނެ ޓީމެއް ބައިވެރިވުމަށް މިކައުންސިލާއި ފިނޭ ސްކޫލު ގުޅިގެން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިވެވެނީ ގިނަވެގެން
16 ދަރިވަރުންގެ ޓީމަކުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 8 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 8 ދަރިވަރުންނަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސުކޫލު ދަރިވަރުންނަށް މުބާރަތުގައި ބައިވެރިވުމަށް އެދި ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ނަންނޯޓު ކުރާ ދަރިވަރުންނަށް މި ކައުންސިލާއި، ފިނޭ ސުކޫލު ގުޅިގެން 1 (އެކެއް) މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގޭނެއެވެ. މި މުބާރާތުގައި ރަށް ތަމްސީލު ކުރާ ބައިވެރިން ހޮވުމުގައި، ޤަވާއިދުން ތަމްރީން ޕްރޮގްރާމަށް ހާޞިރުވާ ފަރާތްތަކާއި، ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް ފަރިތަކުރަން ދެވޭ ފިލާވަޅުތައް ފަރިތަކުރާ މިންވަރަށް ބެލޭނެއެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އެކަމަށް އެދި 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކް މެދުވެރިކޮށް، ނުވަތަ މިއިދާރާގެ ނަންބަރު 6520027 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ މި އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ.  ނަން ނޯޓު ކުރުމަށް ދުރުވާއިރު ދަރިވަރުގެ އައި.ޑީ ކާޑު ގެންނެވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/JxJoEsgoPbszpwuz9

މި އިޢުލާނާއެކު މި މުބާރާތުގެ ޤަވާއިދު ޢާންމު ކުރީމެވެ.

25 އޮގަސްޓް 2022
ހޯދާ