ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - ތިނަދޫ ކެމްޕަސް

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަސް

ގްރޭޑް:

1

ސްޕައިން ޕޮއިންޓް:

03

މުސާރަ:

މަހަކު 3,772.15 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,616.64 ރުފިޔާ

އިނާޔަޔްތައް:

މިނިމަމް ވޭޖް އެލަވަންސް:

މަހަކު  1,957.00ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ އަދި އެތަނަށް ވަދެ ނިކުމެ ހަދާފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤަވާއިދުން ކުރުން.
  2. ޑިއުޓީކުރަންޖެހޭ ބުލޮކެއް / އިމާރާތެއްގެ ވަށައިގެން ހިނގާ، ތަނުގެ ރައްކައުތެރިކަން އެކިފަހަރުމަތިން ބެލުމާއި، ތަނުގައި ހުންނަ ތަފާތު ބާވަތުގެ އެއްޗެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.
  3. ވަދެވެން ހުންނަ ދޮރު، ގޭޓްފަދަ ތަންތަން މޮނިޓަރ ކުރުމާއި އިމާރާތާއި، ގޯތިތެރެއާއި، އެސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
  4. ޑިއުޓީކުރަންޖެހޭ ބްލޮކެއްގައި ހުންނަ އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެންމީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
  5. އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  6. ތަނަށް ވަދެނިކުމެވާ ވެހިކަލްތައް މޮނިޓަރކުރުމާއި، ޕާރކްކުރުމަށް ހަމަޖެހިފައިވާ ތަންތަން ނޫންއެހެން ތަންތަނުގައި ޕާރކްކުރޭތޯ ބެލުމާއި، ޤަވާއިދާއި ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.
  7. ވޮޗަރުންގެ ބެލުމުގެދަށުގައިވާ ތަންތަން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޤަވާއިދުން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން).
  8. މުވައްޒަފުން ނުވަތަ އެހެންވެސް ފަރާތަކުން ތަނުގައި ޤާއިމް ކޮށްފައިވާ ތަކެއްޗަށް ގެއްލުމެއް ދިނުން، ނުވަތަ ގެއްލުމެއް ދީފާނޭފަދަ އަމަލެއް ފާހަގަވާނަމަ އެފަދަކަންކަން ރިޕޯރޓްކުރުމާއި އަޅަންޖެހޭ ފިޔަވަޅުއެޅުން.
  9. ސެކިއުރިޓީ ބެލެހެއްޓުމުގެ ތަމްރީނުގައި ދަސްކޮށްދެވޭ ކަންކަން ތަންފީޒްކުރުމަށް މަސައްކަތް ކުރުން.
  10. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން.
  11. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން. މިގޮތުން ޔުނިވަރސިޓީގެ މުހިންމު ކަންކަމާއި ގުޅުވައިގެން ބާއްވާ ފެއަރ، ޖަލްސާ ފަދަ އެނެމެހާކަންކަން ކުރުމުގައި އެދޭ އެހީތެރިކަން ދިނުން.
  12. ސެކިއުރިޓީ ސްޓާފުންގެ ތެރެއިން ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. އަދި ޑިއުޓީގަޑި އަދި ސްޓޭޝަން ފަދަ ކަންކަން ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަމަށް ފުރިހަމައަށް އިޖާބަދިނުން.
  13. ތަން ރީތިކޮށް ބޭއްވުމަށްޓަކައި ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމުގައި އެހީތެރިކަން ދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ސެޕްޓެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ތިނަދޫ ކެމްޕަހަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-TC-2022-238

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
25 އޮގަސްޓް 2022
ހޯދާ