މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އެމަރާލްޑް" ނަމަކަށް ކިޔާ ދޯނީގެ ވެރިފަރާތް ހޯދުމާއިގުޅޭ:

ޢިއުލާން

(IUL)307/INDIV/2022/60:ނަންބަރ

"އެމަރާލްޑް" ނަމަކަށް ކިޔާ ދޯނީގެ ވެރިފަރާތް ހޯދުމާއިގުޅޭ:

އިންނަމާދޫ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ މިރަށު ބަނދަރު ހުޅަނގުފަރާތުގައިވާ ތެޔޮ ބިން ކައިރީގަ އޮތް ދޯނީގެ ރަޖިސްޓްރީ ނަންބަރު P3112B - 01 02-S( އެމަރާލްޑް ) ނަމަކަށް ކިޔާ ދޯނީގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

ދޯނި އެސަރަހައްދުގައި އޮތުމުގެ ސަބަބުން ރަށުގެ ލޭންޑު ޔޫސް ޕްލޭނަށް ފުށުއެރުމާއި، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާތީއާއި ،އެސަރަހައްދަކީ އޮޑިދޯނިފަހަރު އެހެލާބާލާ، މަރާމާތުކުރުމަށް ހާއްސަ ސަރަޙައްދަކަށްނުވާތީ، ދޯނި ވީހާވެސް އަވަހަކަށް އެސަރަހައްދުން ނަގަން ޖެހެއެވެ.

ވީމާ، މިދޯނީގެ  ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.  މި މުއްދަތުގެތެރޭ ގައި ދޯނީގެ ވެރިފަރާތެއްގެ މައުލޫމާތު މިއިދާރާއަށް އަންގަވާފައިނުވާ ނަމަ، ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި،  ޤަވާޢިދު ނަންބަރު 2013/R-794 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ރ. އިންނަމާދޫ ) ވާގޮތުގެމަތިން ދޯންޏާއިމެދު ޢަމަލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

25 އޮގަސްޓް 2022
ހޯދާ