ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫއިން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

މިކައުންސިލްގެ 4 ވަނަ ދައުރުގެ 28 ވަނަ  އާންމު ބައްދަލުވުމުން މިރަށުގެ ބިމުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000  އަކަފޫޓާއި ދެމެދުގެ 50  ގޯތި ދޫކުރުމަށް ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން 28 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 12:00 ނިޔަލަށް މިއިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އަދި ގޯއްޗަށް އެދޭ ފޯމް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން -/10 ރުފިޔާއަށް ފޯމް ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަނެވޭނީ ފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށައެޅުމުންނެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮގަސްޓް 2022
ހޯދާ