ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތެއް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޑިޕާޓްމަންޓުގެ މޮނިޓަރިންގ ސެކްޝަން ހިންގަމުންދާ "ބިދޭސީހިޔާ" (ކުރީގެ ޑީ.ޕީ.އާރު.އެސް ހިންގި އިމާރާތް) ގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)94-A/1/2014/25) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިޑިޕާޓްމަންޓް (ހ. ވެލާނާގޭގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ