ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުމާއި ބެހޭ:

                            މި ހޮސްޕިޓަލްގެ ނަންބަރ (IUL)SH-FAH-PL/SH-FAH/2022/14 (25 މެއި 2022) އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ އެއިއުލާން ބާތިލުކޮށް (IUL)SH-FAH-PL/SH-FAH/2022/19 (27 ޖޫން 2022)ގައި ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށައަޅުއްވާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް   (IUL)SH-FAH-A/SH-FAH/2022/20 (17 ޖުލައި 2022) ގައި ކުރެވުނު އިއުލާނަށް ބިޑް ހުށައެޅުއްވި ފަރާތުގެ އަގު ބޮޑުކަމަށް ފެންނާތީ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ލަފާގެ މަތިން އެއިއުލާން ބާތިލްކޮށް އަލުން 02 ކޮޓަރީގެ އެޕާރޓްމެންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އިޢުލާންކުރަމެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުން ފެށިގެން 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

           މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 04 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 31 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.

 

24 އޮގަސްޓް 2022
ހޯދާ