ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާގެ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ އިންޖީނުތައް ނީލަމުގައި ވިއްކާލުމަށް

 

 

 ނަންބަރު:

171-M(F3)/IUL/2022/006 

 

.ނީލަން ކިއުން.

 

  1. މި މުއައްސަސާގެ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ އިންޖީނުތަކުގެ ތެރެއިން ބޭނުން ނުކުރެވޭވަރަށް  ހަލާކުވެފައިވާ   އިންޖީނުތައް  ނީލަމުގައި  ވިއްކާލުމަށް  ކުރެވުނު މި  މުއައްސަސާގެ ނަންބަރު  171-M(F)/IUL/2022/005 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މި މުއައްސަސާގެ އީ-މެއިލް [email protected]  އަށް މެއިލްކޮށް އަދި @police.gov.mv ަަ an_C1811 އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 އޮގަސްޓް 31 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ  2019 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 10:00ގައި ކ.ދޫނިދޫގައި އެވެ.
  5. ނީލަން ކިއުން އޮންނާނީ  2022 ސެޕްޓެމްބަރ 04 ދުވަހުގެ 10:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.  ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ

 

24 އޮގަސްޓް 2022
ހޯދާ