ދިވެހިރާއްޖެ
އިޢުލާން
1000 މީޓަރު ކަރަންޓް ކޭބަލް ސަޕްލައި ކޮށްދިނުމާއި ގުޅޭ
ބ.އޭދަފުށީ މަގުމަތީ ބައްތިތަކަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިކައުންސިލުން ތިރީގައި މިވާ މަޢުލޫމާތާއި އެއްގޮތަށް ކޭބަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަންހުށްހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކޭބަލް ރޯލް ޑެލިވަރީ ކޮށްދޭންވާނީ ކައުންސިލް އިދާރާއާއި ހަމައަށެވެ. އަދި ޑެލިވަރީ ކުރުމުގެ ހުރިހާ ޒިންމާއެއް އަދި ޚަރަދެއް ކުރަންވާނީ ކޭބަލް ސަޕްލައިކޮށްދޭ ފަރާތުންނެވެ.
- ކޭބަލް ގެ ސްޕެސިފިކޭޝަން
1000 meters ROLL ELECTRIC CABLE 2C x 6sqmm CU/PVC/PVC 600/1000v
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުންފުޅުވާނަމަ 9999745 ފޯން ނަމްބަރާއި ގުޅުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 10:00 ން ފެށިގެން 31 އޯގަސްޓް 2022 ވާ (ބުދަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/އައި.ޑީކާރޑް ނަމްބަރ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.