މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ.

 މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން: 
    • މުދާ ބެލުން : 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 16:30 ގައި
    • މުދާ ބެލުމަށް ނަން ނޯޓް ކުރުން: 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ  10:00 ގެ ކުރިން، ނީލަން މުދާ ބެލުމަށް އެދޭ ފޯމު https://forms.office.com/r/HheywL3kbt   ފުރިހަމަކުރައްވަން ވާނެއެވެ.
    • މުދާ ބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
  3. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 03 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
  4. ނީލަން ކިޔުން: 04 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހު ގެ 14:00 ން ފެށިގެން.
  5. ނީލަން ކިއުން އޮންނަ ތަން: ސާރވިސް ބިލްޑިންގް މީޓިންގ ރޫމް- 02  

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
  • ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
  • ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބިވަޑައިގަންނަވާނެއެވެ.  
23 އޮގަސްޓް 2022
ހޯދާ