ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ދ.މީދޫ ކައުންސިލް ގުޅިގެން މީދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް މަޝްރޫއާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ދ.މީދޫ ކައުންސިލް ގުޅިގެން މީދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް މަޝްރޫއާއި ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށް ގެންދާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް މިއަހަރު ހިންގުމަށް ހަމަޖެހިފައިވަނީ ދ.މީދޫގައެވެ. އެގޮތުން މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 10 ފަރާތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގެ ދަށުން ހޮވޭ ފަރާތްތަކުން ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިންނެވެ.

 މިއީ އެކަކު އެކަނި މަސައްކަތްކޮށްގެން ދުވާލަކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައިގެން ފުއްދާލެވޭ ވަރުގެ ނިޒާމެކެވެ. އެހެންކަމުން، މިފަދަ ނިޒާމެއް ޤާއިމްކުރުމުގެ ސަބަބުން މަސައްކަތްކުރައްވާ ފަރާތުގެ ވަގުތު ސަލާމަތްކުރެވި، މަސައްކަތު މީހުންގެ އަދަދު މަދުކުރެވި އެމީހުން އެހެން މަސައްކަތްތަކުގައި ޝާމިލްވެ އުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ހައިޑްރޮޕޯނިކްސް ސިސްޓަމް ތަކުގައި ހެއްދުމަށް އަމާޒުކުރެވެނީ ލެޓިއުސްގެ ރަނގަޅު އަގުލިބޭ ވެރައިޓީތަކާއި، މެލަން އަދި ކިޔުކަންބާ ފަދަ ބާވަތްތަކެވެ.

މިސިސްޓަމް ހިންގުމަށް ބޭނުންވާނެ ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ސިސްޓަމާއި ޕޮލީހައުސް ސެޓްއަޕް ތައްޔާރުކުރުމުގެ އެންމެހާ ޢަމަލީ މަސައްކަތްތައް ކުރަންވާނީ ސިސްޓަމާއި ހަވާލުވާ ފަރާތުންނެވެ. ސިސްޓަމްތައް ސެޓްއަޕް ހަދާނެ ގޮތާއި މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަންނީ މުވައްޒަފުންނެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 04 ސެޕްޓެމްބަރ 2022ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަނެއް 28 އޮގަސްޓް 2022ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގައޮ އޮންނާނެއެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 6760042 އަށް ގުޅުއްވުމުން ނުވަތަ މިއިދާރާގެ އީމެއިލް [email protected]  އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2022
ހޯދާ