ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ އާއި އެލަވަންސް:

7500/- ރުފިޔާ (މުސާރަ އަދި އެލަވަންސްއާއިއެކު)

މަޤާމުގެ ގިންތި:

ފުލް ޓައިމް

އޮފީސް:

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުތު:

  • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އެޑްމިން ދާއިރާގެ މަސައްކަތުގައި ތަޖުރިބާ ހުރުން 
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން 
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  •  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
    • ނުވަތަ
  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއިން ޑިގްރީ ނަވުތަ އެއާއި  އެފެންވަރުގެ ފާހެއް އޮތުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ކުޅިވަރުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ނުވަތަ އެ ދާއިރާގެ ތަޖްރިބާ ހުރި ފަރާތަކަށް އިސްކަން ދެވޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާރޑް

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅަން ވާނެއެވެ.)

 

ސުން ގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އީމެއިލް ([email protected] / [email protected] )  މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށައަޅަންވާނެއެވެ.

ޝޯޓް ލިސްޓު ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3325503 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

23 އޮގަސްޓް 2022
ހޯދާ