މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ ޢިމާރާތުގެ 4 ފަންގިފިލާގައި ހަލާކުވެފައި ހުރި މަލްޓި ސްޕްލިޓް ސީލިންގ މައުންޓް އޭސީތައް ނެގުމާއި އަމިއްލަ ތަކެތީގައި 24000 ބީޓީޔޫ ގެ 16 ސިންގަލް ސްޕްލިޓް ސީލިންގ މައުންޓް އޭސީ ހަރުކުރުމުގެ މަސައްކަތް

މި މިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ ޢިމާރާތުގެ 4 ފަންގިފިލާގައި ހަލާކުވެފައި ހުރި މަލްޓި ސްޕްލިޓް ސީލިންގ މައުންޓް އޭސީތައް ނެގުމާއި އަމިއްލަ ތަކެތީގައި 24000 ބީޓީޔޫ ގެ 16 ސިންގަލް ސްޕްލިޓް ސީލިންގ މައުންޓް އޭސީ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 25 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 31 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެމެންދުރު12:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

22 އޮގަސްޓް 2022
ހޯދާ