ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނަންބަރު MNU-CA-PAMD/2022/048 (އައި.ޓީ އިކްއިޕްމަންޓްސް ގަތުން) އާ ގުޅޭ އެޑެންޑަމް

އެޑެންޑަމް-1

އިއުލާން ނަންބަރު

MNU-CA-PAMD/2022/048

އިއުލާނުގެ ތާރީޚް

16 އޯގަސްޓް 2022

ބީލަމުގެ ނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައި.ޓީ އިކްއިޕްމަންޓްސް ގަތުމަށް

 

މި ޔުނިވަރސިޓީން 16 އޯގަސްޓް 2022 ގައި ކުރި MNU-CA-PAMD/2022/35 ނަންބަރު އިއުލާނާ އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހާއެކު ޝާއިޢުކޮށްފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންތައް މުރާޖަޢާކުރެވިފައިވާތީ، މުރާޖަޢާކުރެވުނު ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓް މި އެޑެންޑަމްއާއެކު ޝާއިޢުކުރީމެވެ.

6.      މި އަންދާސީހިސާބު އެވޯޑްކުރާނެގޮތް

މި ބީލަމަކީ އެއްއައިޓަމްއަށް ވުރެ ގިނަ އައިޓަމް ހިމެނޭ ބީލަމެކެވެ. ބީލަމަށް އަގު ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ ޖުމްލަ 22 ބަޔަކަށެވެ. ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓްގައި ނަންބަރު ދީފައިވާނީ މި ބައިތަކަށެވެ. މި ބީލަން އިވެލުއޭޓް ކޮށް އެވޯޑް ކުރާނީ މިދެންނެވި 22 ބައިގެ ތެރެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން ކޮލިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ. (ސަމާލުކަމަށް: ނަންބަރު 20 ، 21 އަދި 22 މި 3 ބައިގެ ތެރެއިން ބަޔަކަށް އަގު ހުށަހަޅާނަމަ ހުށަހަޅަންވާނީ އެ ބައެއްގައި ހިމެނޭ ހުރިހާ އައިޓަމެއް ސަޕްލައިކުރެވޭނެ އަގަށެވެ. މިހެންކަމުން އަގު ހުށަހަޅާ ބައިގާ ހިމެނޭ ހުރިހާ އައިޓަމަކަށް ސްޕެސިފިކޭޝަން ހުށަހަޅާފައިނުވާނަމަ އެ ބައެއް އިވެލުއޭޝަން މަރުހަލާގައި ޑިސްކޮލިފައިކުރެވޭނެއެވެ.)

 

މި ނޫން އެއްވެސް ބަދަލެއް، މަތީގައި ބަޔާންކުރެވުނު އިއުލާނަށް ގެނެވިފައެއްނުވެއެވެ.

މި އެޑެންޑަމްއާ ގުޅޭ އިއުލާނުގެ ލިންކަކީ: https://www.gazette.gov.mv/iulaan/204464

 

މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ.

22 އޮގަސްޓް 2022
ހޯދާ