ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ އެތެރޭގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ކޯޓުގެ އެތެރޭގެޖާގަ އިތުރުކުރުމުގެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ އެކަމަޑޭޝަން ކޮޓަރިއަށް ބަދަލުގެނެސް އެޑްމިނިސްޓްރޭޝަން ޖާގަ އިތުރުކުރުމާއި، އިތުރު ގޭޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 އޭޕްރިލް 14 ވަނަ ދުވަހުކުރެވުނު ނަންބަރު: (IUL)P3C-A2022/09 އިޢުލާން ބާޠިލުކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު،05 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތުސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލު ކުރައްވަނީ ކޮންކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6820750 / 7977708 ފޯނަށް ގުޅުއްވުން އެދެމެވެ.

24 މުޙައްރަމް 1444

22 އޯގަސްޓް 2022

22 އޮގަސްޓް 2022
ހޯދާ