ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރަށްވެހިގެ 01" އެޕާޓްމަންޓު ކުއްޔަށް ދޫކުރުން

ހދ އަތޮޅު ރައްވެހިގެ ބިމުގައި ހުރި 02 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާނު ނަންބަރު (IUL) 226-F/PRIV/2022/10 (29 މޭ 2022) އިއުލާނާ ގުޅިގެން ހުށަހެޅުނު ބިޑު ބާތިލުކޮށް، އަލުން އިޢުލާނު ކުރީމެވެ.  ވީމާ، ދެންނެވުނު އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

1-    މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ސަރުކާރު މުވައްސަސާ ތަކަށާއި، ޖަމިއްޔާ ޖަމާޢަތްތަކަށާއި، ޢާއްމު ފަރުދުންނަށެވެ.

2-    ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 22 އޮގަސްޓު 2022 ން ފެށިގެން 01 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/registration ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3-    މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 28 އޮގަސްޓު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4-    ބީލަންތައް ހުޅުވުން އޮންނާނީ 04 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5-    އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521646 ، 6521643

އީމެއިލް: [email protected]

22 އޮގަސްޓް 2022
ހޯދާ