މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލްޓީވީ ސިސްޓަމް ކުއްޔަށް ދިނުން

 މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ކޭބަލްޓީ.ވީ ސިސްޓަމް ބޭނުންކޮށްގެން، މިރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު: (IUL)368-AS/368/2022/31 (07 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން، ބޭއްވުނު މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 ވީމާ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ޖަލްސާކުރާ މާލަމް

29 އޮގަސްޓް 2022

ހޯމަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

ޖަލްސާކުރާ މާލަމް

01 ސެޕްޓެމްބަރ 2022

ބުރާސްފަތި

10:00

 މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

22 އޮގަސްޓް 2022
ހޯދާ