މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރިކަމުގެ މަސައްކަތު މަޢުރޫޒު ކުރިއަށްދާ ވަގުތު ވިޔަފާރި އުސޫލުން ބިންދޫކުރުން

 

ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރިކަމުގެ މަސައްކަތު މަޢުރޫޒު ކުރިއަށްދާ ވަގުތު ވިޔަފާރި އުސޫލުން ބިންދޫކުރުން

 

ޓުއަރިޒަމް އެކްސްޕޯ 2022 އަތްތެރިކަމުގެ މަސައްކަތު މަޢުރޫޒު 2022  ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ރ. އަނގޮޅިތީމު ވިޒިޓަރސް ސެންޓަރުގައި ބާއްވާ މި އިވެންޓް ކުރިއަށްދާ ވަގުތު އެސަރަޙައްދުގައި ވިޔަފާރި ކުރުމަށް ޖުމުލަ 4 ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. މި ބިންތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން -/100 ރުފިޔާއަށް ވުރެ މަތިން ހުށައަޅާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ 4 ފަރާތަކަށެވެ. މި 4 ބިމާއި ބެހޭ މަޢުލޫމާތު ޝީޓާއި ބީލަން ހުށައަޅާ ފޯމް ގެޒެޓްކުރެވިފައިވާނެއެވެ. ކޮންމެ ފަރާތަކަށް އަގު ހުށައެޅޭނީ އެންމެ ބިމަކަށެވެ. މި ކަމާބެހޭ މަޢުލޫމާތު ސާފްކުރުން ބޭނުންވާ ފަރާތްތައް 2022 އޮގަސްޓު 22 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޝާހީނަށް (7775791) ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.  

އަގު ހުށައެޅުން އޮންނާނީ 2022 އޮގަސްޓު 25ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި  އެޑްރެސް އަދި "ޓުއަރިޒަމް އެކްސްޕޯ 2022 ވިޔަފާރި ބިންދޫކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

21 އޮގަސްޓް 2022
ހޯދާ