ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދިރާސާ ކުރިއަށް ގެންދާނެގޮތް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުން

އިޢުލާން

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދިރާސާ ކުރިއަށް ގެންދާނެގޮތް ފަރުމާކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް މި އޮތޯރިޓީގެ ފަރާތުން 07 އޯގަސްޓު 2022 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2022/34) އާއި ގުޅިގެން މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގު މާ ބޮޑުކަމަށް މި އޮތޯރިޓީއަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތައް، މި އިޢުލާނާއި އެއްކޮށް ޝާޢިއުކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 31 އޯގަސްޓު 2022 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތަކުން އަލުން މި މަސައްކަތަށް ކުރިމަތިލައްވާނަމަ، ކުރިން ހުށަހެޅުއްވި އަންދާސީ ހިސާބު އަލުން ހުށަހަޅުއްވާކަން ދޭހަވާ ސިޓީއަކާއި، ކުރިން ހުށަހެޅުއްވި ލިޔުންތަކުގެ ތެރެއިން ބަދަލެއް އައިސްފައިވާ ލިޔުމެއް ވާނަމަ އެލިޔުމަކާއި، އިތުރަށް ހިއްސާކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތު ހިމެނޭ ލިޔުންތައް އެކަނި ހުށަހެޅުއްވުމުން ފުދޭނެއެވެ.

21 އޮގަސްޓް 2022
ހޯދާ