މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރައުންޑް އެސިސްޓެންޓް

ނަމްބަރ: (IUL)297-AD/297/2022/70

އިޢުލާނު

މަޤާމު:

ގްރައުންޑް އެސިސްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.ވެލިދޫ ޔޫތު އެންޑް ކޮމިޔުނިޓީ ސެންޓަރ

މުއްދަތު:

1 (އެކެއް) އަހަރު

މުސާރަ:

33.65ރ (މަސައްކަތްކުރާ ގަޑިއަކަށް).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުން ކުނިކަހާ،ވިނަނޮޅާސާފުތާހިރުކޮށް ބެލެހެއްޓުން. 
  1. މަރުކަޒަށް ޙާޟިރުވެ ސޮއިކުރުންފަދަ ހުރިހާކަމެއްގައި އަމިއްލަ މަސްއޫލިއްޔަތު އުފުލުމާއި އެކު އިސްމުވައްޒަފަށް އެއްބާރުލުން ދިނުން.
  2. މަރުކަޒުން ހޯދަންޖެހޭ ތަކެތި ހޯދުމުގައި އިސްމުވައްޒަފުންގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތީން ހޯދަންޖެހޭ ކޯޓޭޝަންއާއި އެކި ތަންތަނަށް ގެންގޮސް ގެންނަންޖެހޭ ލިޔެކިއުމާއި ސާމާނު ގެނެސްގެންދިއުމާއި އަދި އެފަދަކަންކަމުގައި އިސްމުވައްޒަފަށް އެއްބާރުލުން ދިނުން.
  3. އިޖުތިމާއީ މަރުކަޒުން ދެވޭ ޚިދުމަތްދެމުންދާހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ ތަކެއްޗާއި ތަނުގެ ސަލާމަތްތެރިކަމަށް ސަމާލުކަންދިނުމާއި، މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ޤާނޫނާ ޤަވާޢިދާ ޚިލާފެ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމުގެ ގޮތުން މަރުކަޒުގެ އިސްމުވައްޒަފަށް އެހީތެރިވެދިނުން.
  1. މަރުކަޒުން ހިންގާ ޕްރޮގްރާމްތަކުގައި އިސްމުވައްޒަފުން ނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުން ކަމުގައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ޕޯޓް ފޯލިޔޯ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމަށް: %50
  2. އިންޓަރވިއު: %50

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު  28 އޮގަސްޓް 2022 ވާ އާދިއްތަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް ޝަރުތު ހަމަވާ ފަރާތް ތަކުގެ އިންޓަވިއު އޮންނަ ތާރީޙެއް މި އިދާރާއިން އަންގާނެ ވާހަކަ ދަންނަވަމެވެ.

 މިއިޢުލާނާއިގުޅިގެން މަޢުލޫމާތުސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރުފޯނާއެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

23   މުޙައްރަމް  1444

21   އޮގަސްޓް  2022   

21 އޮގަސްޓް 2022
ހޯދާ