މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.  

މަޤާމު: ޑިރެކްޓަރ  

ކްލެސިފިކޭޝަން: ޑިރެކްޓަރ 

ރޭންކް: އީ.އެކްސް 1

މުސާރަ: 8835.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: އެމެރިކާ، އޮސްޓްރޭލިއާ އެންޑް އޯޝަނިއަރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ރާއްޖެއާއި އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމާއި މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން

2. އެމެރިކާސް އެންޑް އޯޝެނިއާގެ އެކިއެކި ޤައުމުތަކުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މިޝަންތަކުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރޭތޯ ބެލުން އަދި އެކަމާ ގުޅިގެން ތައްޔާރުކުރަން ޖެހޭ މަޢުލޫމާތު ކަރުދާސްތައް ތައްޔާރު ކުރުން.

3. އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކަންތައްތައް ވިލަރެސް ކުރުން.

4. މަސައްކަތް ޙަވާލުކުރުމާއި ސުޕަވައިޒް ކުރުން: ސުޕަވައިޒަރުގެ ލަފާގެ މަތިން ޑިވިޜަނުން ކުރާ މަސައްކަތްތަކާ ގުޅޭ ކަންކަން، މުވައްޒަފުންނަށް ދުވަހުން ދުވަަހަށް ޙަވާލުކުރުމާއި، ޙަވާލުކުރެވޭ މަސައްކަތް އިތުބާރު ކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުން، އަދި ޙަވާލުކޮށްފައިވާ އެންމެހައި މަސައްކަތް ކުރަމުންދާ ގޮތްބަލައި ސުޕަވައިޒް ކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތުތައް ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާ ހުރިގޮތަށްތޯ ވެސް ބެލުން.

5. އެމެރިކާސް އެންޑް އޯޝެނިއާގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށް ދޭ ތަމްރީނުގެ ފުރުސަތުތަކަށް ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުން.

6. ޑިވިޜަންގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހެން ޑިވިޜަންތަކާއެކު މަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމު: ޑިރެކްޓަރ  

ކްލެސިފިކޭޝަން: ޑިރެކްޓަރ 

ރޭންކް: އީ.އެކްސް 1

މުސާރަ: 8835.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ޔޫ.އެން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. އ.ދ ގެ ޖަލްސާތަކުގައި ރާއްޖޭން ބައިވެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކެނޑިޑޭޗަރ ސަޕޯޓް ރިކުއެސްޓުތައް ބަލަހައްޓައި ދިވެހިރާއްޖެއިން ސަޕޯޓް ކުރާނެ ފަރާތްތައް ކަނޑައެޅުމަށް ލަފާ ދިނުން.
  3. ޔޫއެން އާ ބެހޭ ތަފާތު މަސައްކަތްތަކާ ބެހޭ ގޮތުން ބްރީފް ޕޭޕަރ ހަދައި ޕޮޒިޝަން ޕޭޕަރ ތައްޔާރު ކުރުން.
  4. ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާ މެދު ރިސާރޗް ހެދުމާއި ކަރުދާސްތައް ތައްޔާރު ކުރުން.
  5. ޑިވިޜަންގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި އެހެން ޑިވިޜަންތަކާއެކު މަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ  

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ 

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރުފިޔާ

ސަރވިސް އެލަވަންސް:2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ކޮމަންވެލްތް އެންޑް އަދާސް (ގްލޯބަލް އެފެއާޒް ޑިޕާރޓްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކޮމަންވެލްތު، އޯ.އައި.ސީ، (އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) އިންތިޒާމްކުރާ ޖަލްސާތަކުގައި ސަރުކާރުގެ އެހެން މިނިސްޓްރީތަކުން ބައިވެރިވާއިރު އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކޮމަންވެލްތް އަދި އޯ.އައި.ސީ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހޯދުން.
  3. ކޮމަންވެލްތު އަދި އޯ.އައި.ސީ އާއި ދިވެހިރާއްޖެއާ ގުޅުން ހުރި ބައިނަލްއަޤުވާމީ މައްސަލަތައް ބަލައި، ބޭނުންވެއްޖެނަމަ، ސެކްޝަންގެ އެންމެ އިސް ވެރިޔާއަށް އެންގުން.
  4. ކޮމަންވެލްތާއި އެހެނިހެން އޯގަނައިޒޭޝަންތަކާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓު، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުން.
  5. ކޮމަންވެލްތު، އޯއައިސީ، އަދި ނާމް އިން އެ އަހަރަކަށް ޝެޑިއުލް ކުރެވިފައިވާ ބައިނަލްއަޤުވާމީ މުހިއްމު ބައްދަލުވުންތަކުގެ ރިކޯޑު ބެލެހެއްޓުން.
  6. ކޮމަންވެލްތު، ކޮލޮމްބޯ ޕްލޭން އަދި އޯއައިސީ އިން ލިބޭ ޓްރެއިނިންގ އަދި ސްކޮލަރޝިޕް ފުރުޞަތުތައް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި ފޮލޯއަޕް ހެދުން.
  7. ބޭރުގެ ޖަމިއްޔާތަކަށް މިނިސްޓްރީ އިން ދައްކަންޖެހޭ ޗަންދާ މިނިސްޓަރުގެ ލަފާފުޅުގެ މަތިން ބަޖެޓް ޑިވިޜަނާ ގުޅިގެން ދެއްކުން އަދި ފޯކަލް ޕޮއިންޓް ކަނޑައެޅިފައިވާ ޖަމްޢިއްޔާތަކުގެ ޗަންދާގެ އިންވޮއިސް އެ ފަރާތަށް ފޮނުވައި ޗަންދާ ދައްކާތޯ ބެލުން.
  8. ސިޓީ/ނޯޓް/ފެކްސް/އީމެއިލް ފޮނުވަންޖެހޭނަމަ ތައްޔާރުކޮށް ޑިސްޕެޗް ކުރުން.
  9. ޑިޕާޓްމަންޓް ހެޑް ވިދާޅުވާ ސެކްޝަނުގެ އެހެން މަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ  

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ 

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ބަޖެޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. މާލީ ހިސާބުތައް މާލިއްޔަތު ގަވާއިދާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރުން.

2. މަހުން މަހަށް މިދާއިރާގެ ބަޖެޓުގެ ހިސާބުތައް ރިކޮންސައިލްކޮށް ބެލެހެއްޓުން.

3. މަހުން މަހަށް މިޝަންތަކުގެ ރިޕޯޓުތައް ހޯދައި އެ ރިޕޯޓުތައް ޗެކުކޮށް ބެލެހެއްޓުން.

4. އަންދާސީ ބަޖެޓް ތައްޔާރުކުރުމާއި ކޮންސަލިޑޭޓް ބަޖެޓް ތައްޔާރުކުރުން،

5. މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ތަންތަނުގެ އޯޑިޓުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، އޯޑިޓް ރިޕޯޓުގެ ކޮމެންޓްސް ތައްޔާރު ކުރުމާއި ފޮލޯއަޕްހެދުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ  

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ 

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ޕޮލިސީ ޕްލެއިނިންގ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މަޤްސަދު ހާސިލު ކުރުމަށް ބޭނުންވާ އެކި ސްޓްރެޓަޖީސްތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން

2. ޚާރިޖިއްޔާގެ 'ސްޓްރެޓަޖިކް ޕްލޭން' ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުން

3. ޑިވިޜަނުން ތައްޔާރުކުރާ ޕޮލިސީ ޕޭޕަރުތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ދިރާސާތައް   ކުރުމާއި އެ މަޢުލޫމާތުތައް ރަނގަޅު ފެންވަރަކަށް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެ ތައްޔާރު ކުރުން.

4. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ އެކު ރާއްޖެއިން ގުޅުން ބައްޓަންކުރާނެ ގޮތާ ގުޅިގެން ހިންގޭ އެކި ދިރާސާތައް ކުރުމާއި އެ މަޢުލޫމާތުތައް ރަނގަޅު ފެންވަރަކަށް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެ ތައްޔާރުކުރުން

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 

ރޭންކް: އެމް.އެސް 1

މުސާރަ: 5610.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ޕީ.އެސް ބިއުރޯ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ޕަރމަނަންޓް ސެކްރެޓަރީ އަރިހަށް ގެންދަންޖެހޭ އެންމެހާ ލިޔެކިޔުންތައް އެންޓަރ ކުރުމާއި، ޕަރމަނަންޓް ސެކްރެޓަރީ ލަފާފުޅާއެކު ޖަވާބުދާރީ ވާންޖެހޭ ލިޔުންތަކަށް ޖަވާބުދާރީ ވުމާއި އަދި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދު ކުރުމާއި އެ ކަންތައްތައް ބެލެހެއްޓުން.
  2. ޕަރމަނަންޓް ސެކްރެޓަރީގެ އެޕޮއިންޓްމަންޓުތަކާއި ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
  3. ޕަރމަނަންޓް ސެކްރެޓަރީގެ އޮފީހުގެ މަސައްކަތްތައް އިންތިޒާމު ކުރުމާއި ބެލެހެއްޓުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 

ރޭންކް: އެމް.އެސް 1

މުސާރަ: 5610.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: އިންޑިއާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. މިނިސްޓްރީ ހަމަޖައްސާ އުސޫލެއްގެ މަތިން، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

2. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއި ގުޅުން ބައްޓަން ކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ސުޕަރވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

3. އިންޑިޔާއާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

4. އިންޑިއާއިން ލިބޭ ޓްރެއިނިންގ އަދި ސްކޮލަރޝިޕް ފުރުޞަތުތައް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ ފޮލޯއަޕް ހެދުން.

5. ދިވެހިރާއްޖޭގެ ޤާނޫނާ ހިލާފުވުމުގެ ސަބަބުން އިންޑިއާގެ ރައްތިޔުންނާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު އެ ޤައުމުތަކަށް ސާފުކޮށް ދިނުމާއި އިންޑިޔާ ރައްޔިތުންނާއި ގުޅުގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ހައްލުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް (އެމް.އެސް2 –ޖީއެސް 3)

  • ވަޒީފާގެ ޝަރުޠު
  • ތަޢުލީމާއި ތަމްރީނު %38  
  • މަސައްކަތުގެ ތަޖުރިބާ %8
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) %43 

އިންޓަވިއު އޮންނާނެ މުއްދަތު 

އިންޓަވިއު އޮންނާނީ 09-13 ނޮވެންބަރު 2014  އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

 27 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް

ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

3. ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒު ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓުކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީއިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

16 އޮކްޓޫބަރު 2014
ހޯދާ