ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުރެންދޫ ތަރި ޤުރުއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

"ކުރެންދޫ ތަރި ޤުރުއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

               މިކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 18 އޮގަސްޓް 2022ން 08 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

 

1-   މުބާރާތް ހުޅުވާލެވިފައިވާ ފަރާތްތައް:

މިމުބާރާތުގައި ބައިވެރިވެވޭނީ ކުރެންދޫގެ ރަށްވެހީންގެ ތެރެއިން" ކުރެންދޫ ތަރި " މުބާރާތުގައި ބައިވެރިވެ 01 ވަނައަށް ގޮސްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށެވެ.

 

2-   މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:

 

ފުރަތަމަ ބުރު

ދެވަނަ ބުރު

ތިންވަނަ ބުރު

ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.

  • ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ ބައިވެރިޔަކު އިޚްތިޔާރު ކުރާ ކޮޅަކުން (ފެށޭކޮޅުން 3 ފޮތް، ނިމޭކޮޅުން 3 ފޮތް) 3 ފޮތުންނެވެ.
  • ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.
  • ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 2 ސުވާލު ކުރެވޭނެއެވެ.

ތަރުޖަމާ ކިޔުމާއި، ނުބަލައި ކިޔެވުމާއި، އުލޫމުލް ޤުރުއާންގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.

  • ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.

 

  • ނުބަލާ ކިޔެވުމުގެ ބައިން ކުރެވޭނީ 2 ސުވާލެވެ.

 

ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ތަޖްވީދުގެ ބައިތަކުން ސުވާލު ކުރެވޭނެއެވެ.

  • ބަލައިގެން ކިޔެވުމުގައި ބައިވެރިން ކިޔަވަންޖެހޭނީ ދަސްކޮށްފައިވާ ރާގުތަކުގެ ތެރެއިން އެ ބައިވެރިޔަކު އިޚްތިޔާރު ކުރާ ރާގެއްގައެވެ.( ދަސްކުރަންޖެހޭ ރާގުތައް އިދާރާގެ ފަރާތުން ބައިވެރިންނަށް ދެވޭނެއެވެ. )
  • ބަލައިގެން ކިޔެވުމުގައި ސުވާލު ކުރެވޭނީ ބައިވެރިޔަކު އިޚްތިޔާރު ކުރާ ކޮޅަކުން (ފެށޭކޮޅުން 3 ފޮތް، ނިމޭކޮޅުން 3 ފޮތް) 3 ފޮތުންނެވެ.
  • ބަލައިގެން ކިޔެވުމުގެ ބައިން 2 ސުވާލު އަދި ހިތުން ކިޔެވުމުގެ ބައިން 2 ސުވާލު ކުރެވޭނެއެވެ.
  • ތަޖްވީދުގެ ބައިން 5 ސުވާލު ކުރެވޭނެއެވެ.
  • ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ އަކުރު ތަކުގެ މަޚްރަޖުގެ ބައިންނެވެ.
  • ތަރުޖާމާ ކިޔުމުގައި ކިޔާނީ  ގުރުއަތުން އެ ބައިވެރިޔަކަށް ނެގޭ ތަރުޖަމާ އެކެވެ.
  • ނުބަލައި ކިޔެވުމުގެ ބައިން ސުވާލު ކުރެވޭނީ 29 އަދި 30 ވަނަ ފޮތުންނެވެ.
     

 

  • އުލޫމުލް ޤުރުއާންގެ ބައިގައި 10 ސުވާލު ކުރެވޭނެއެވެ.
  • ތަޖްވީދުގެ ބައިން ސުވާލު ކުރެވޭނީ މަޚްރަޖްތަކާއި، ނޫނު ސުކުނާއި ތަންވީނުގެ އިތުރުން މީމު ސުކުނުގެ ބައިތަކުންނެވެ. މި ބައިތަކުން 2 މިނެޓް ތެރޭގައި 20 ސުވާލުކުރެވޭނެއެވެ.

 

 

 

3-   މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް:

25 ޑިސެބަރ 2022ން 29 ޑިސެމްބަރ 2022ގެ ނިޔަލަށް މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 މިމުބާރަތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން " ކުރެންދޫ ތަރި 1444" ޤުރުއާން މުބާރާތުގައި ބައިވެރި ވުމަށް އެދޭފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.    

    

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

18 އޮގަސްޓް 2022
ހޯދާ