މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ކަނޑުމަގުން ގެންނަ ކާރގޯ އެމް.ޕީ.އެލްއިންް ކްލިއަރކޮށްގެން ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުންް

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، އެމް.ޑަބްލިޔު.އެސް.ސީ އަށް ކަނޑުމަގުން ގެންނަ ކާރގޯ އެމް.ޕީ.އެލް އިން ކްލިއަރކޮށްގެން އެމް.ޑަބްލިޔު.އެސް.ސީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ގުޅިފަޅުގެ ސައިޓްތަކަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކަސްޓަމްސް ބްރޯކަރެއްގެ ޚިދުމަތްދިނުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ21 އޮގަސްޓް 2022 އިން 25 އޮގަސްޓް 2022 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 28 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ ޕްރީބިޑް މީޓިންގައެވެ.

                          

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮގަސްޓް 2022 ވާ ދުވަހު 15:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 31 އޮގަސްޓް 2022 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

21 އޮގަސްޓް 2022
ހޯދާ