ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމާ ގުޅޭ:

                        

ނަންބަރު: HDC(161)-MKS/IU/2022/339

                                            

އިޢުލާން

ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމާ ގުޅޭ:

ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1,095.05 (އެއްހާސް ނުވަދިހަ ފަހެއް ޕޮއިންޓް ސުމެއް ފަހެއް) އަކަފޫޓާއި 2،588.14 (ދެހާސް ފަސްސަތޭކަ އައްޑިހައަށެއް ޕޮއިންޓް ސާދަ) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 74 (ހަތްދިހަ ހަތަރު) ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ކުރިއަށްދާނެ ގޮތާއި މުހިންމު ތާރީޙްތައް ތިރީގައި ބަޔާން ކުރެވިފައިމިވަނީއެވެ.

 

މަރުހަލާތައް

ތާރީޙް / ގަޑި / ތަން

އިތުރު މަޢުލޫމާތު

1

ބީލަމަށް އެދޭފޯމު ވިއްކުން

21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން
01 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިކޯޕަރޭޝަނުގެ ރިސެޕްޝަނުން

 

މިކޯޕަރޭޝަނުގެ ރިސެޕްޝަނުން ފޯމު ދޫކުރަމުން ދާނީ ހެނދުނު 09:00 އިން ފެށިގެން 13:00އަށް.

 

2

މައުލޫމާތު ސާފުކުރުން

05 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން އީމެއިލް ގެ ޒަރިއްޔާއިން  

މައުލޫމާތު ސާފުކުރުމަށް އެދި އީމެއިލް ކުރާނީ: [email protected]

3

އަތިރިމައްޗާކުރިމަތިން "ބީޗް ފްރަންޓް" އަށް ބީލަން ފޯމު ހުށަހެޅުން

ބީލަން ފޯމު ހުށަހެޅުން:

11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް

ބީލަން ފޯމު ހުށަހެޅުމަށް ނަންބަރު ދޫކުރެވޭނީ 09:00 އިން 12:00 އާ ހަމައަށެވެ.

ބީލަން  ފޯމު ހުށަހަޅަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު ފަހުގެ ތާރީޚެއްގައި އިއުލާން ކުރެވޭނެއެވެ.

ބީލަން ފޯމު ހުޅުވުން:

11 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00ގައި.

4

އަތިރިމައްޗާކައިރިން "ބީޗް ސައިޑް" އަށް ބީލަން ފޯމު ހުށަހެޅުން

ބީލަން ފޯމު ހުށަހެޅުން

12 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް

ބީލަން ފޯމު ހުޅުވުން

12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 12:00 އަށް

ބީލަމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމުގެ ނަމޫނާއެއް މި އިޢުލާނާއި އެކު ޝާއިޢުކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަނުގެ ނަންބަރު 3353535، 3355368، އަދި 3355259، އާ ގުޅުއްވުން އެދެމެވެ.

20 މުހައްރަމް 1443ހ

18 އޮގަސްޓް 2022މ

18 އޮގަސްޓް 2022
ހޯދާ