މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވެންޑަރ ލިސްޓް އެކުލަވާލުން

ވެންޑަރ ލިސްޓް އެކުލަވާލުން

 

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ސޮޕިންގ" އުސޫލުން (ޖުމްލަ އަގު 35000/- ރުފިޔާއިން ދަށުގެ) މި މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވެންޑާރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ހިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދީ މި މިނިސްޓްރީގައި މިހާރު ލިސްޓުކޮށްފައިވާ ވެންޑާ ލިސްޓު އަޕްޑޭޓް ކުރުމެވެ.

ވީމާ، ވެންޑަރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމްގައި ބަޔާން ކުރާ ލިޔުންތަކާއެކު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ލިންކު: https://forms.office.com/r/th9rF6Gr9U

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިރުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ، 1ވަނަ ފަންގިފިލާ

ފޯން: 3018300، 3018343

އީ-މެއިލް: [email protected]

21 އޮގަސްޓް 2022
ހޯދާ