މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނީލަން ކިޔުން

ނީލަމާއިބެހޭ މަޢުލޫމާތު

މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 04 ސެޕްޓެމްބަރ 2022 ވީ އާދިއްތަ ދުވަހު މެންދުރު 14:30 ގައި ވެލާނާގެ 9 ވަނަ ފްލޯ ގައެވެ. އަދި އޭސީ އައުޓްޑޯ ޔުނިޓްތައް ނީލަންކިޔުން އޮންނާނީ 05 ސެޕްޓެމްބަރ 2022 ވީ ހޯމަ ދުވަހު މެންދުރު 14:30 ގައި ބާ ދަރުމަަވަންތަ ސްކޫލުގައެވެ. ނީލަމުގައި ނަގާ ތަކެތި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ކޯޑް

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

MoE001

 ފައިލިންގ ރެކް

75.00ރ

01

75.00ރ

20.00ރ

MoE002

 މައުސް DELL))

03.00ރ

06

18.00ރ

05.00ރ

MoE003

 މައުސް (OPTICAL 3D)

03.00ރ

01

03.00ރ

05.00ރ

MoE004

 މައުސް (LOGITECH)

03.00ރ

01

03.00ރ

05.00ރ

MoE005

މައުސް (NEC)

03.00ރ

01

03.00ރ

05.00ރ

MoE006

 މައުސް (ACER)

03.00ރ

03

09.00ރ

05.00ރ

MoE007

 މައުސް (LENOVO)

03.00ރ

01

03.00ރ

05.00ރ

MoE008

 މައުސް (ASUS)

03.00ރ

01

03.00ރ

05.00ރ

MoE009

 ސްޕީކާރ (DELL)

10.00ރ

01

10.00ރ

05.00ރ

MoE010

 ޓީވީ (ސޮނީ ޓްރިނިޓްރޮން)

20.00ރ

01

20.00ރ

05.00ރ

MoE011

 އެގްޒެކެޓިވް އޮފީސް މޭޒު

100.00ރ

01

100.00ރ

50.00ރ

MoE012

 ޕްރިންޓަރ (ޒެރޮކްސް ފޭސާ 3600)

20.00ރ

01

10.00ރ

05.00ރ

MoE013

 ޕްރިންޓަރ (ކެނޮން)

20.00ރ

02

20.00ރ

05.00ރ

MoE014

 ޕްރިންޓަރ (އެޗް.ޕީ ލޭޒާޖެޓް)

20.00ރ

03

60.00ރ

05.00ރ

MoE015

 ޕްރިންޓަރ (ބްރަދާ)  

20.00ރ

03

60.00ރ

05.00ރ

MoE016

 މައިކްރޯވޭވް އަވަން

15.00ރ

01

15.00ރ

05.00ރ

MoE017

 ފެން ކޫލަރ

200.00ރ

01

200.00ރ

50.00ރ

MoE018

 

 ޕާޓިޝަން (ކުޑަ)

05.00ރ

02

10.00ރ

05.00ރ

MOE19

 އޭސީ އައުޓްޑޯރ ޔުނިޓް 1

1000.00ރ

04

4000.00ރ

100.00ރ

MOE20

 ހައިބެކް ގޮނޑި

50.00ރ

01

50.00ރ

10.00ރ

MOE21

 މީޑިއަމްބެކް ގޮނޑި

25.00ރ

01

25.00ރ

05.00ރ

MOE22

 ލޯބެކް ގޮނޑި

25.00ރ

01

25.00ރ

05.00ރ

MOE23

 މޮނިޓަރ (ލެނޯވޯ)

50.00ރ

01

50.00ރ

10.00ރ

MOE24

 މޮނިޓަރ (އެން.އީ.ސީ) 

50.00ރ

01

50.00ރ

10.00ރ

MOE25

 ފޮޓޯކޮޕީ މެޗިން

1000.00ރ

01

1000.00ރ

100.00ރ

MOE26

 ސްޓޭންޑް ފަންކާ

20.00ރ

02

40.00ރ

10.00ރ

 

 ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  •  ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  •  ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  •  ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341178 އަށް ގުޅުއްވުމަށް އެދެމެވެ. 

20 އޮގަސްޓް 2022
ހޯދާ