މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމު އުޅަނދުފަހަރަށް ފިއުލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. ށ. މިލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމު އުޅަނދުފަހަރަށް ތެޔޮ (ޕެޓްރޯލް އަދި ޑީސަލް) ބޭނުންވާތީވެ، ކޮންޓްރެކްޓް އުޞޫލުން ތެޔޮ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2.  މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، މިޢިއުލާނާއިއެކު އެޓޭޗުކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2022 އޯގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ  މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ. އަދި އީމެއިލް [email protected] އަށް ސީސީކުރައްވަންޖެހޭނެއެވެ.
  4.  ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
  5. މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެކަމަށް ދަންނަވަމެވެ. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މަޢުލޫމާތުތަށް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއެކު މެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 އޯގަސްޓް 29 ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 11:00 ގައެވެ. 
  7. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޯގަސްޓް 25 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް މެއިލްކުރައްވާ [email protected] އަށް ސީސީކުރެއްވުން އެދެމެވެ.

 

18 އޯގަސްޓް 2022

18 އޮގަސްޓް 2022
ހޯދާ