މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް މި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ. އެސް. 3

ކްލެފިކޭޝަން: އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

މުސާރަ: 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:   

1. މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.

2. މުވައްޒަފުންގެ ރެކޯޑު ފައިލާއި، ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން.

3 .ކައުންސިލުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ހަވާލުކޮށް، ޔައުމިއްޔާތަކާއި، އެޖެންޑާތަކާއި ކައުންސިލުން ނިންމާ ޤަރާރުފަދަ ތަކެތި ލިޔުމާއި، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4. ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް، އިދާރާގެ ވެބްސައިޓް ހުރިނަމަ ވެބްސައިޓްގައި ނުވަތަ ނޯޓިސް ބޯޑުގައި ޝާއިޢުކުރުމާއި، އެފަދަ ނިންމުންތައް ޔުނިޓްތަކާ ހަވާލުކުރުން.

5. ކައުންސިލުގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6. ކައުންސިލަރުންގެ ޗުއްޓީއާއި، ސަލާމުގެ ކަންތައް ބެލެހެއްޓުން.

7. ރަށުގައި ހުންނަ ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމައްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

8. ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، އެއާގުޅޭ ގަވާއިދު ހަދައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

9. އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ވަކިފަރާތެއް ހަމަޖެހިފައިނުވާނަމަ އެކަމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

10. ގަވާއިދުން އިންވެންޓްރީ  ބެލެހެއްޓުން.

11. ކައުންސިލް އިދާރާގެ އީމެއިލާއި ޖެމްސް ޗެކްކުރުމާއި، އީމެއިލް ކުރަންޖެހޭ ތަކެތި އީމެއިލްކުރުން.

12. ހުކުރު، ޢީދުޚުޠުބާ ހަވާލުކުރަންޖެހޭ ފަރާތްކާ ޙަވާލުކުރުން.

13. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެމަތިން) ލިޔެ ފޮނުވައި ލޮގްކޮށް ބެލެހެއްޓުން.

14. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

15. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތް ކުރުން.

16. ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ގޮވަންޖެހޭ ގޮވުންތައް ގޮވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

2. ލިބިފައިވާ މަސައްކަތު ހުނަރާއި ތަޖުރިބާއަށް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތަނާއި ގަޑި، ޝަރުޠު ހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

މަގާމަށްއެދެންވީ ގޮތާއި ސުންގަޑި:

މި މަގާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށްފައި، 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް ތަކެތި ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ގާފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv  ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ)
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  8. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641941 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6641941 އެވެ. އީމެއިލްކުރާނީ [email protected]. އަށެވެ.

21 ޛުލްޙިއްޖާ 1435

15 އޮކްޓޫބަރު 2014
ހޯދާ