ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސްޕަވައިޒަރ

އިއުލާން

ވަޒީފާގެ ފުރުސަތު

މަޤާމު: ސްޕޯޓްސް ސްޕަވައިޒަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ނަންބަރު: 250125

ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ސަރވިސް: ޖެނެރަލް ސަރވިސް

ރޭންކް: ޖީ.އެސް 3

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ގެމަނަފުށި ސްކޫލް، ގއ. ގެމަނަފުށި

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ކުރެން ޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
  2. ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، އަޚުލާޤީގޮތުން ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތްކުރުން.
  3. ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށް ގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުމާއި، ޕީއީ ޓީޗަރ ނެތް ޙާލަތެއްގައި ހަވާލުކުރެވޭ ޕީ.އީ ގަޑިތައް ނެގުން.
  4. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމުކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި އެކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  5. ކުޅިވަރު ހަރަކާތްތަކަށާއި، ޕީ.އީއަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމާއި، ހޯދަން ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ވާހަކަދައްކައިގެން ހޯދުން.
  6. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރެކޯޑެއް ބެލެހެއްޓުން.
  7. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  8. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލު ޓީމްތައް ތައްޔާރުކުރުން.
  9. އިންޓަރހައުސް/ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

އިންޓަރވިއުކުރުން:

  • އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެތެރޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ޝަރުޠުތަކެއްގެދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހާސިލުކޮށްފައިވާ, އެކްރެޑިޓްކުރަންޖެހޭ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްގެން، އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތައް ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީގެ އަސްލު.
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއްނަމަ، މިހާރު ވަޒީފާ އަދާކުރާ ފަރާތުން ދޫކުރާނެކަމުގެ ލިޔުން.
  • ސަރުކާރަށް ނުވަތަ ސިވިލް ސަރރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާޔަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).
  • އިތުރު މަޢުލޫމާތު ސާފުކުރަން އެދޭނަމަ، މި ސްކޫލުގެ ނަމްބަރ 7983077 ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ މީހުން މަޤާމަށް އެދޭ ސިޓީއާއެކު، 2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ގެމަނަފުށި ސްކޫލަށް ހުށަހެޅުން އެދެމެވެ.

                        12 ޛުލްޙިއްޖާ 1435

06 އޮކްޓޫބަރު 2014
ހޯދާ