ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/73
އިޢުލާން
މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
ހަނިމާދޫ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު (IUL) 258/258/2022/32: އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް، އަލުން މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2022 އޯގަސްޓް 29 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 މުޙައްރަމް 1444
17 އޮގަސްޓް 2022