މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (އިންޑިވިޖުއަލް ކޮންސަލްޓެންޓް)

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (އިންޑިވިޖުއަލް ކޮންސަލްޓެންޓް)

 

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ހިންގުމަށް ޓީޗަރ ޓްރެއިނިންގް ސްޓެންޑާޑް ތަސްދީގުކުރުމާއި ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ނޯޓް: މި މަސައްކަތްކުރުމަށް މީހަކު ކަނޑައަޅާނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިގެންނެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2022 އޯގަސްޓު 28 ވަނަ ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

އީ-މެއިލް: [email protected]

ފޯން: 3341403,3341436

17 އޮގަސްޓް 2022
ހޯދާ