އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލުން

މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށްބަލާ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 01 މާރިޗަށް 19 އަހަރު ފުރިފައި ނުވުން.
  • އަޚްލާޤު ރަނގަޅު ކުއްޖެއްކަމުގައިވުން. މިކަން ސާބިތުކޮށް ދިނުމަށް ޓަކައި، އެންމެ ފަހުން އުޅުނު ސްކޫލްގެ އެންމެފަހު ތިން އަހަރު ދުވަހުގެ އަޚްލާޤީ ރެކޯޑް ހުށަހަޅަންވާނެއެވެ. އެ އަޚްލާޤީ ރެކޯޑަށާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ސްކޫލްގެ ފަރާތުން ހޯދޭ އަޚްލާޤީ ރިޕޯޓްތަކުގެ މައްޗަށް ކުދިން ވެއްދުމުގައި ބެލޭނެއެވެ.

 

ގްރޭޑް 11 އަށް ކުދިން ވެއްދުމަށް މިސްކޫލުގައި އޮތީ 170ޖާގައެވެ. މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.  

 

2022-2023 ދިރާސީ އަހަރު، އައްޑޫހައި ސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް މި ސްކޫލުގެ ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ.

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ

 

ފޯމް ބަލައިގަތުން:

 ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ސްކުލް ރިސެޕްޝަންއިން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެވެ.

އޮންލައިންކޮށް ފޯރމް ހުށަހަޅަން އެދިލައްވާނަމަ، އެޕްލިކޭޝަން ފޯރމް އަދި މަތީގައި ދެންނެވިފައިވާ ލިޔެކިއުންތައް ސްކޭން ކުރެއްވުމަށްފަހު މި ސެންޓަރގެ ސްޓޫޑެންޓް ސަރިވިސެސްގެ މެއިލްއަށް  [email protected]  ފޯމު ހުށަހެޅުމުގެ ސުންގަޑީގެ ކުރިން މެއިލް ކުރަންވާނެއެވެ.

ފޯރމް ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލުގެ އޮފީހުގެ ރިސެޕްޝަންއިން މަޢޫލޫމާތު  ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 01 ސެޕްޓެމްބަރ 2022އެވެ.

 

 

 

ހޮވުނު ދަރިވަރުންގެ ރެޖިސްޓްރޭޝަން އަދި އޮރިއެންޓޭޝަން:

2022-2023 ވަނަ ދިރާސީ އަހަރު އައްޑޫ ހައި ސްކޫލް ގްރޭޑް 11އަށް ވަދެވޭ ދަރިވަރުންގެ ލިސްޓް 8 ސެޕްޓެމްބަރ 2022 ގައި މި ސްކޫލްގެ  ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަލަށް ވަދެވޭ ކުދިންގެ އޮރިއެންޓޭޝަން އަދި އެހެނިހެން ޕްރޮގްރާމްތައް 13 ސެޕްޓެމްބަރ 2022އިން ފެށިގެން ކުރިއަށްދާނެއެވެ. މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލިކަން އާންމުކޮށް    އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮގަސްޓް 2022
ހޯދާ