ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢްވަތު - މަގުބައްތި ޖެހުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަށުގެ 60 މަގުބައްތި ބަދަލުކުރުމަށް ބޭނުންވާ ސޯލާ ލައިޓް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަގުބައްތި ބަދަލުކުރުމަށް ބޭނުންވާ ސޯލާ ލައިޓްތައް ފޯރުކޮށްދީ ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.

މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 29 އޮގަސްޓް 2022ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

 މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

 މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހު 11:15ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected]  އިން ލިބިވަޑައިގަންނަވާނެއެވެ.

17 އޮގަސްޓް 2022
ހޯދާ