ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދު ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މިއިދާރާގެ ފަރާތުން "ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުން" މި ޝިއާރުގެ ދަށުން މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24  އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރުއްވުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯރމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުން ޑައުންލޯޑްވެސް ކުރެއްވޭނެއެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9927999 ނަންބަރާއި ގުޅާގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

19 މުޙައްރަމް 1444

17 އޯގަސްޓް 2022

17 އޮގަސްޓް 2022
ހޯދާ