ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުން

01-    ލޯގޯ ފަރުމާކުރުން

ü      ފަރުމާ ކުރެވޭ ލޯގޯ އަކީ ހޯނޑެއްދޫ ކައުންސިލް އިދާރާ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ހޯނޑެއްދޫއަށް ޚާއްޞަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.

ü      ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.

ü      ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.

ü      ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީ ނޫ، ފެހި އަދި ހުދުކުލައެވެ.

ü      ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ފަސޭހައިން ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.

ü      ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.

ü      ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.

ü      ހުށަހަޅާ ލޯގޯގެ ސައިޒު 20mm x 20mm ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.

ü      ލޯގޯ ފަރުމާކުރުމުގައި ބޭނުން ކޮށްފައިވާ ފޮންޓް އަދި ފޮންޓް ސައިޒުގެ ތަފުޞީލުތައް ހުށަހެޅުމުގައި ހިމަނަންވާނެއެވެ. އަދި ކަސްޓަމް ފޮންޓެއް ބޭނުންކޮށްފައިވާނަމަ އެ ފޮންޓެއް ލޯގޯގެ ސޮފްޓް ކޮޕީ އާއެކު ހުށަހަޅަންވާނެއެވެ.

ü      ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ކައުންސިލްގެ ނަން ލިޔެފައިވާ ލޯގޯ ވަކިން ހުށަހަޅަންވާނެއެވެ.

ü      އެންމެ ރަނގަޅު ލޯގޯއެއްހުށަހަޅާ ފަރާތަކަށް 5000.00 (ފަސްހާސް) ރުފިޔާގެ އިނާމެއް ލިބޭނެއެވެ.

 

 

02-    ލޯގޯ އާއެކު ހުށަހަޅަން ޖެހޭ ތަކެތި

ü      ލޯގޯގެ PSD، PNG ، JPEG އަދި ކޮރަލް ފައިލް ހުށަހަޅަންވާނެއެވެ.

ü      ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.

ü      ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.

ü      ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައި

ü      ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް

ü      ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު

ü      ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން

ü      ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.

ü      ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.

 

03-    އެންމެ ރަނގަޅު ލޯގޯ އަދި ދިދަ ހޮވުމަށް މާކްސް ދެވޭގޮތުގެ ތަފްސީލް

ü      ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.

ü      ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.

ü      އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

ü      އަމިއްލަވަންތަކަން

ü      ގދ.ހޯނޑެއްދޫ / ހޯނޑެއްދޫ ކައުންސިލް ރަމްޒުކޮށްދޭ މިންވަރު.

ü     ކައުންސިލްގެ ލޯގޯ ހޮވުމުގައި ހުށަހެޅޭ ލޯގޯތަކުން ސޯޓްލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައާއި ފޭސްބުކް ޕޭޖުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވައިލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިޚްތިޔާކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ މިކައުންސިލްގެ ބިޑު ކޮމެޓީއިންނެވެ.

 

04-    ހުށަހަޅާ އެންމެ ރަނގަޅު 5 ލޯގޯ ހޮވުމުގައި ބިޑް ކޮމެޓީން މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް؛

ލޯގޯ އަދި ދިދައިގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.

35 މާކުސް

އުފެންދުންތެރިކަމާއި މަސައްކަތްތެރިކަން

20 މާކުސް

އަމިއްލަވަންތަކަން

15 މާކުސް

ގދ.ހޯނޑެއްދޫ / ހޯނޑެއްދޫ ކައުންސިލް ރަމްޒުކޮށްދޭ މިންވަރު

30 މާކުސް

އިތުރު މައުލޫމާތު

މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ އަދި އިޢުތިރާޒެއް ނެތްކަން ބަޔާންކޮށްފައިވާ ސިޓީއާއި އެހެނިހެން ލިޔުންތައް 2022 ސެޕްޓެމްބަރ 11 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އީމެއިލް މެދުވެރިކޮށް ލޯގޯ ބަލައި ނުގަނެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

16 އޮގަސްޓް 2022
ހޯދާ