މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

                                                އިޢުލާން

 

މަޤާމް:

ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ، ކ.މާލެ

ޑިޕާޓްމަންޓް / ސެކްޝަން:

ޕްލޭނިންގ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރު 16:00 އަށް (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

މުސާރަ:

މަހަކު 25,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މައިގަނޑު މަސައްކަތަކީ މިނިސްޓްރީގައި އެކުލަވާލާފައިވާ ޕޮލިސީތައް ބަލައި އެޕޮލިސީތައް ހާޞިލްކުރުމަށް ރޭވިފައިވާ މަޤުޞަދުތަކާ އެއްގޮތަށް ކުރިއަށް ދިއުމުގައި ހުރި ދަތިތައް ބަލައި އެކަންކަން ރަގަޅުކުރުމަށް ޢިލްމާއި، ހުނަރު އަދި ޤާބިލްކަން ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ޓީމް އެކުލެވޭގޮތަށް މަސައްކަތް ކުރެވޭނެ މާހައުލު ބިނާކުރުމާއި ކުރު އަދި ދުރު ރާސްތާގައި މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭންތަކާއި، ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ލަފާދިނުމާއި ކުރަންޖެހޭ މަސައްކަތް ކުރުން.
  2. މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލާ ތަރައްޤީކުރުމާއި އެކަމާ ގުޅިގެން ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލައި މަސައްކަތްކުރާ ފަރާތްތަކަށް އެހިއްޞާކުރުން.
  3. މަސައްކަތްތާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ލިއުންތައް ތައްޔާރުކޮށް ( އަދި އެކަންކަން ކަމާ ގުޅުންހުރި ފަރާތްތަކާއި މެމޯ، އީމެއިލް، ޕްރެސްރިލީޒް، ޕްރެޒެންޓޭޝަން، އީމެއިލް، މީޑިއާ ރިޕޯޓް، ސޯޝަލް މީޑިއާ ޕޯސްޓް އަދި އެފަދަ ލިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި) ސްޕަވައިޒަރުގެ ލަފާގެމަތިން އެކަންކަން ކުރުން.
  4. މަސައްކަތްތައް ބެލެހެއްޓޭގޮތަށް ދުވަހު ރިޕޯޓް ތައްޔާރުކުރުން.
  5. ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުމާއި، އަދި އެކަންކަން ކުރިއަށް ދާގޮތް ބެލޭނެ ރިޕޯޓްތައް ތައްޔާރުކުރުން.
  6. ހިންގާނެ ޕްރޮގްރާމްތައް ދެނެގަނެ އެންމެ ބޭނުންވާ ދިމާތައް ރިސާޗްކޮށް، ލިސްޓް ހަދާ އެލިސްޓް މެއިންޓައިންކުރުމާއި ސްޕަވައިޒަރ އަންގާގޮތެއްގެމަތިން އެކަންކަން ކުރުން.
  7. ކުރާ މަސައްކަތްތަކާ ގުޅިގެން އަންނަ މައްސަލަތައް ބަލައި ރަގަޅުކުރަންހުރި ކަންކަން އިތުރަށް ރަގަޅުކުރުން.
  8. ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި އޮފީހުން ރާވާ ކަންކަމުގައި ބައިވެރިވުން.
  9. މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ޢިލްމާއި ހުނަރު އަދި ޤާބިލްކަން ބޭނުންކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި ޕާރފޮމަންސް ރިވިއުކުރުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ސްޓެޓިސްޓިކްސް ނުވަތަ ސޯޝަލް ޕޮލިސީ ނުވަތަ ޕޮލިސީ ސްޓަޑީސް ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ސްޓެޓިސްޓިކްގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ސްޓެޓިސްޓިކްސް ނުވަތަ ސޯޝަލް ޕޮލިސީ ނުވަތަ ޕޮލިސީ ސްޓަޑީސް ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ސްޓެޓިސްޓިކްގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތްނަމަ އެކަން މި ސިޓީގައި ހިމަނަންވާނެއެވެ.)

 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު %30
  • މަސައްކަތުގެ ތަޖުރިބާ. %30
  • އިންޓަވިއު. %50
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ޕޮލިސީ ހެދުމާއި މެނޭޖްކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރުން.
  • އޮފީހުގެ އެސް.އޯ.ޕީ އެކުލަވާލުމުގަ ތަޖުރިބާ ހުރުން.
  • ޕްރޮޖެކްޓްސްތައް ރާވާ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފަ ހުރުން.
  • ސަރުކާރުގެ މެނިފެސްޓޯ އެނގި ، އޮޅުން ފިލާފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • ތަޢުލީމީ ސެޓްފިކެޓް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  • ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.
  • ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޯގަސްޓް 2022 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން، އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިމްތިޙާން އަދި އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 އޮގަސްޓް 2022 އާއި 24 ސެޕްޓެމްބަރ 2022ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2    ފޯމު)" އާންމުކުރުން.

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347329  ނުވަތަ  3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

17 އޮގަސްޓް 2022
ހޯދާ