ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢީމާން މިސްކިތް މަރާމާތުކުރުމާއި ގުޅޭ

              މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، ތަކެތި ފޯރުކޮށްދިނުމުން މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް

ޢީމާން މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން

22 އޮގަސްޓް 2022 ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް

ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 އޮގަސްޓް 2022 ވާ ހޯމަ

ދުވަހުގެ 13:00 މިއިދާރާގައެވެ. މި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު

ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުމާއި ބިޑްގައި ރަޖިސްޓްރީ ކުރުން:

22 އޮގަސްޓް 2022 13:00 އަށް ދަނބިދޫ ކައުންސިލްގެ އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

25 އޮގަސްޓް 2022 13:00 އަށް ދަނބިދޫ ކައުންސިލްގެ އިދާރާގައި

 

         ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް

ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ

ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

އަދި ދަންނަވަމެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން

އަންގައިދޭކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ނުކުރާފަރާތް ތަކުގެ އަންދާސީ ހިސާބުތަކާއި އަދި ގަޑި ޖެހުމަށްފަހު

ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ

ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800864 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2022
ހޯދާ