މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

 

       2022 ސެޕްޓެމްބަރު 1 ން 3އަކަށް ބޭއްވުމަށް ހަމަޖެހިފައިވާ "އޭދަފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް 1444" އަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، އިނާމު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 28 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކާއިއެކު ހުށަހެޅުއްވުން އެދެމެވެ. އަދި ފައިސާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަށް ތިރީގައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ.

އެކައުންޓް ނަންބަރު:7719700354004  

އެކައުންޓް ނަން:1362 KHARADHU 2

ސްލިޕް ވައިބަރ ކުރައްވަން ޖެހޭ ނަންބަރު: 9999745

      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7748462 ނަންބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.

                        ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                              18 މުޙައްރަމް 1444

                              16 އޮގަސްޓް 2022

16 އޮގަސްޓް 2022
ހޯދާ