މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި) ޕްރޮޖެކްޓުން ހައްދުންމަތީގެ ރަށްތަކަށް ދެވޭ ކުދި މާލީ އެހީ

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

 

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)

 

ހައްދުންމަތީގެ ރަށްތަކަށް ދެވޭ ކުދި މާލީ އެހީ

 

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"  މަޝްރޫޢު ގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައިގެން އެ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަކުރުމަށާއި، ތަރައްގީގެ ހަރަކާތްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އަދި ޤައުމީ ތަރައްގީގެ ރޭވުންތަކުގައި ގުދްރަތީ ރައުސްމާލުގެ ހިސާބު / ވަޒަންކުރުން އަތޮޅު އަދި ރަށުފެންވަރުގައި ހައްދުންމަތީގައި ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އަދި ރައްޔިތުންގެ ބައިވެރިވުން އޮވެ، ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީކުރެވޭނޭ ވިސްނުންތަކެއް ގެނައުމަކީ މި މަޝްރޫޢުގެ އެއް މަގްސަދެވެ.

އެންދެރި ސްމޯލް ގްރާންޓް (ކުދި މާލީ އެހީ) ގެ މަގްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވެށީގެ ނިޒާމުތައް ބަލަހައްޓައި، އެ ނިޒާމްތަކުގެ ދުޅަހެޔޮކަމާއި، ވިލުން ވަރުގަދަ ކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން މިމަޝްރޫޢު މެދުވެރިކޮށް ލާމު އަތޮޅުގެ ރަށްތަކަށް ފޯރުކޮށްދިނުމެވެ. މި ގޮތުން މިއިޢުލާނާއި އެކު ފޮނުވާފައިވާ "ރިކުއެސްޓް ފޮރ ޕްރޮޕޯޒަލްސް' އަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ:

މަދަނީ ޖަމްޢިއްޔާތަކަށް، މީގެތެރެއިންވެސް ޤައުމީ އަދި ރަށު ފެންވަރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ނޮން-ގަވަރމެންޓް އޯގަނައިޒޭޝަންސް (އެން.ޖީ.އޯސް) ތަކަށް، ކޮމިއުނިޓީ ބޭސްޑް އޯގަނައިޒޭޝަންސް (ސީ.ބީ.އޯސް)، ޒުވާނުން އަދި ކުޑަކުދިންނާއި ގުޅުންހުރި ޖަމްޢިއްޔާތަކަށް، މަދަރުސާ އަދި ޔުނިވަރސިޓީފަދަ ތަންތަން، އަންހެނުން އިސްވެ ހިންގާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށެވެ.

ހުށައަޅާ ޕްރޮޖެކްޓަކީ ރަށު ކައުންސިލުން އެންޑޯޒް ކޮށްފައިވާ ޕްރޮޕޯސަލްއަކަށް ވާންވާނެއެވެ.

 

ކޮންމެ ރަށަކުން ހުށައަޅާ ޕްރޮޕޯސަލް ތަކުން އެންމެ ރަނގަޅު ޕްރޮޕޯސަލް އަކަށް މި ޕްރޮޖެކްޓްގެ ދަށުން، "ރިކުއެސްޓް ފޮރ ޕްރޮޕޯސަލް" ކަރުދާހުގައިވާ ޖަދުވަލު ހ. ގައި، އެރަށަކަށް ޕްރޮޖެކްޓް ގެ ފަރާތުން ކަނޑައެޅިފައިވާ އަދަދު އަދި ދާއިރާ ވާނީ ފާހަގަ ކުރެވިފައެވެ.

 

މާލީ އެހީއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައްހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 19 އޮކްޓޫބަރު 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިން [email protected] ނުވަތަ ލާމު އަތޮޅުގައި ގާއިމު ކުރެވިފައިވާ އެންދެރި ޕްރޮޖެކްޓް ގެ އޮފީހަށެވެ. ޕްރޮޕޯސަލް ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ އެޑްރެހަށެވެ.

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ

ލ. ފޮނަދޫ

16 އޮގަސްޓް 2022
ހޯދާ