ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ ސޯލަރ ކުރުމާއި ގުޅޭ

ގދ.ފިޔޯރީ ކައުންސިލް އިދާރާގައި ސޯލާރ ސިސްޓަމެއް ބަހައްޓަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 23 އޮގަސްޓް 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 24 އޮގަސްޓް 2022  ވާ ބުދަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 އޮގަސްޓް 2022
ހޯދާ