ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީޗް ސަރަހައްދުގައި ކެފޭ ހަޓެއް ހެދުން

އިޢުލާން

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

 

މިރަށު ބީޗް ސަރަހައްދުގައި ކެފޭ ހަޓެއްގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މައުލޫމާތު ސާފުކުރުން

މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ބީޗް ކެފޭ ހަޓް ހެދުމުގެ ޕްރޮޕޯސަލް" ލިޔެފައި އޮންނަންވާނެ އެވެ.

ޕްރޮޕޯސަލް ހުޅުވުން

ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކުގެ ޙާޟިރުގައި 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6700601 އަށް ގުޅުއްވުން އެދެމެވެ.

 

          13 މުޙައްރަމް 1444

          11 އޮގަސްޓް 2022

11 އޮގަސްޓް 2022
ހޯދާ