މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
މާލެ ސަރަހައްދުގައި ބިލްބޯޑް ހަރުކޮށް ބެނާ ދެމުން.

އިޢުލާން

 

ބިލްބޯޑް ހަރުކޮށްދޭނެ ފަރާތެއް ހޯދުން.

 މި މިއަހަރުގެ ސެޕްޓެމްބަރ މަހު އޮންނަ ބޯހިމެނުމުގެ މަސައްކަތަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން މާލޭގެ އެކިސަރަހައްދުތަކުގައި ބިލްބޯޑް އަދި ބެނަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންނަރު: (IUL) 457-AIT/1/2022/29 (19 ޖުލައި 2022 ) އިއުލާންއާއި ގުޅިގެން ބިލްބޯޑް ހަރުކުރުމަށް ހުށަހަޅާފައިވަ އަގު ބޮޑުކަމަށް ފެންނާތީއާއި އަދި ހަރުކުރަންޖެހޭ އަދަދަށް ބަދަލުގެނެވިފައިވާތީވެ އެ ބީލަން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް 18 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv   އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 އޯގަސްޓް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

11 އޮގަސްޓް 2022
ހޯދާ