މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ތަކެތި ޗާޕްކުރަން ބޭނުންވެއްޖެ

އިޢުލާން

 

ޕްރިންޓްކުރަން ބޭނުންވެއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު އޮން ބޯހިމެނުމުގެ މަސައްކަތަށް  ބޭނުންވާ ތަކެތި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

        ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެލައްވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ 10:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީލްމާން ބިލްޑިންގގެ 8 ވަނަ ފަންގެ ފިލާއަށް ވަޑައިގެން  އަގު ހުށަހެޅެއްވުން އެދެމެވެ. 

 މި ބީލަމާއިބެހޭ މައުލޫމާތު ކަރުދާސް އަދި ކުރަންބޭނުންވާ މަސައްކަތުގެ ތަފްސީލް މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv   އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2022 އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

11 އޮގަސްޓް 2022
ހޯދާ