ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
ޢިއްޒުއްދީން ސްކޫލުގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުން

ނަމްބަރު: IZS/IUL/2022/33

                                                             ތާރީޚު: 11 އޯގަސްޓް 2022

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މި ސްކޫލްގެ ކެންޓީނު އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި  ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށެހެޅުއްވުން

2022 އޯގަސްޓް 15 ވާ ހޯމަ ދުވަހުގެ 11:00 އަށް

2022 އޯގަސްޓް 22 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ  ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

13 މުޙައްރަމް 1444

11 އޯގަސްޓް 2022

11 އޮގަސްޓް 2022
ހޯދާ