މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1444"

2022 ސެޕްޓެމްބަރު މަހުގެ 1 ން 3 އަކަށް މިއިދާރާގެ ފަރާތުން "އޭދަފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް" ގެ ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމާއި، " އަތޮޅު ޤުރުއާން މުބާރާތް " އަށް ކުދިން ހޮވުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ގޮތްޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތުގައި ސްކޫލް / މަދަރުސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި، މިރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށް ކުދިން ބައިވެރި ކުރުމުގެ ފުރުސަތު އޮތް ވާހަކަ ދެންނެވީމެވެ. އަދި މިމުބާރާތުގައި ކުދި ބޮޑު އެންމެހާ ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

            މިމުބާރާތުގައި ކުދިން ބައިވެރި ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަދި އަމިއްލައަށް ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަ ވާނެއެވެ.

            ވީމާ، މިމުބާރާތުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނާއި ދަރިވަރުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު އެއްހީރަސް ކުރެވިފައި މިވަނީއެވެ.

            12 މުޙައްރަމް 1444

            10 އޮގަސްޓް 2022

10 އޮގަސްޓް 2022
ހޯދާ