މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް ޢިމާރާތް މަރާމާތުކުރުން

ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށް މިހާރު ކޯޓު ހިނގަމުންދާ ޢިމާރާތުގެދެކުނުން އޮތްހުސްބަޔާއި ގުޅުވައިލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މިހާރު ބޭނުންކުރަމުންދާ ފާޚާނާ އާއި ގުދަން މަރާމާތުކޮށް، އިތުރު ފާޚާނާއެއް ހެދުމުގެ މަސައްކަތް ކުރުމަށް މިކޯޓުގެ ނަންބަރު F12C-A/2022/7 (17ޖުލައި2022) ތިންވަނަ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިއިޢުލާން ބާޠިލްކޮށް  ހަތަރުވަނަ ފަހަރަށް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު 6/2013)"  ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2022   އޮގަސްޓް 17 ވާ ބުދަ ދުވަހުގެ  10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި  2022 އޮގަސްޓް 24  ވާ ބުދަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށހެޅުމަށް ފުރުޞަތު ދެވޭނީ މަޢލޫމާތު ސާފުކުރުމުގެ ސެޝަން އޮންނަ ދުވަހު މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

 

10 އޮގަސްޓް 2022
ހޯދާ