މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރ.މީދޫ އަދި ރ.މަޑުއްވަރި ސުވަރޭޖް ޕަންޕިންގ ސްޓޭޝަން ހެދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން ރ.މީދޫ ސުވަރޭޖް ޕަންޕިންގ ސްޓޭޝަން (ޕީ.އެސް 1،2،3) އަދި ރ.މަޑުއްވަރީ ސުވަރޭޖް ޕަންޕިންގ ސްޓޭޝަން (ޕީ.އެސް 1،2) ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 21 އޮކްޓޫބަރު 2014 އިން 25 އޮކްޓޫބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަން ފޮތް ދޫކުރުން އޮންނާނީ 27 އޮކްޓޫބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޫބަރު 2014 ވާ ދުވަހުގެ 11:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 06 ނޮވެންބަރު 2014 ވާ ދުވަހުގެ 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.  ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ %5 ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ކުންފުނީގެ ވެބްސައިޓް www.mwsc.com.mv އިން ލިބެން ހުންނާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

16 އޮކްޓޫބަރު 2014
ހޯދާ