ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން ހައްދުންމަތީ އިސްދޫ ބިމާއި ފަޅު ހިމެނޭގޮތަށް އިސްދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުމަށްފަހު 21 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/300 (ތިން ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ވެސް ރެޖިސްޓްރީކުރެވިފައި ވާކަން އަންގައިދޭ ލިޔުމެއް ދޫކުރެވޭނެއެވެ.

                 މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 23 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 އޮގަސްޓް 2022
ހޯދާ