ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މިސްޓަރ މޯލްޑިވްސް 2022

ޢިޢުލާން

މިސްޓަރ މޯލްޑިވްސް 2022

މިއެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2022 "2022  ވަނަ އަހަރުގެ ޑިިސެމްބަރ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުންނަށެވެ.

ވީމާ، ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2022 " ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައެވެ.

  • ·         މުބާރާތުގައި ބައިވެރި ވެވިދާނެ ގޮތްތަށް:

1-      އަމިއްލަ ފަރުދުން

2-      ޖިމް

3-      ޖަމިއްޔާ

4-      ރާއްޖޭގެ ރިސޯޓްތަށް

މުބާރާތުގެ ރަޖިސްޓްރޭޝަން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލަމެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 20 ނޮވެމްބަރ 2022 ވާ (އާދީއްތަ) ދުވަހުގެ 14:00 އެށެވެ. އަދި މި  ތާރީޚުގެ  ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަވެސް އަންގަމެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ، ރެޖިސްޓްރޭޝަން ފޯމް މިއިއުލާންއައި އެކު އެކުލެވިގެންވާނެއެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7812226  މޯބައިލް އާއި ގުޅުންއެދެން

 

10 އޮގަސްޓް 2022
ހޯދާ